Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންޑިއާގެ ކޮންޓެއިނާ ސީދާ ދަތުރު ރާއްޖެ އަށް

ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިންއާ ދެމެދު ކޮންޓެއިނާ އުފުލާ ބޯޓުގެ ސީދާ ދަތުރުތައް ފަށައިފި އެވެ.

މި ހިދުމަތް އިއްޔެ ފައްޓަވައި ދެއްވީ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ ސްޓޭޓް މިނިސްޓަު ޝާންތަނޫ ޓާކޫރެވެ. ކޮންޓެއިނާ އުފުލުމުގެ ހިދުމަތާއެކު މާލެ އާއި ޓުޓިކޮރިންއާ ދެމެދު މަހަކު ތިން ދަތުރު ކުރާނެ އެވެ.

މި ދަތުރުތައް ކުރަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓު އެމްއެސްއެސް ގަލީނާގަ އެވެ.

މި ދަތުރުތަކާ އެކީ ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުުރުތައް ކުރެވޭނެ ގޮތް ހަމަޖެހި، ރާއްޖެ އާއި އިންޑިއާއާ ދެމެދު މުދާ އުފުލުމަށް ސްރީ ލަންކާ މަގުން ކުރަމުން އައި ބާޖާއި ބަލްކު ކާގޯގެ ދަތުރުތަކަށް ނިމުމަކަށް އައީ ކަމަށް އިންޑިއާގެ ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.

މި ދަތުރުތަކަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ފެށި ދަތުރުތަކެކެވެ.