މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 700،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 710،645 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 640،730 ފަތުރުވެރިންނެވެ. މިއީ 17.5 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުންނަށް އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ރަޝިއާ އާއި އިނގިރޭސިވިލާތް އަދި އިޓަލީ ހިމެނެ އެވެ.
ރާއްޖޭން މި އަހަރު އަމާޒު ހިފާފައި އޮތީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެގޮތުން ރާއްޖެ ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.