Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ބޮޑު ސަރަހައްދެއް އަދިވެސް ވައިޓް އެލާޓްގައި

މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލައިފާކޮށް ވައިޓް އެލާގެ ވަގުތު އިތުރުކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ދަންމާލާފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހަވީރު 4:30 އިން ފެށިގެން މިރޭ 10:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގަޑިއަކު 19-24 މޭލަށް ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުން ގަސްތައް ވެސް ވެއްޓި، ދަނޑުބިންތަކަށް ވެސް ގެއްލުންވެފައިވެ އެވެ.