Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ޗާލްސްގެ ކޮރޮނޭޝަންގައި އެމްއެންޑީއެފްގެ ޓީމެއް

އިނގިރޭސިވިލާތުގެ ތަހުތާ ޗާލްސް ތިނެކާ ރަސްމީކޮށް މިއަދު ހަވާލުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގެ ތެރޭގައި ރާއްޖޭގެ ސިފައިންގެ ޓީމެއް ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ލިބުނު މި ފުރުސަތުގެ ތެރެއިން ދިވެހި އަސްކަރިއްޔާގެ 10 އޮފިސަރަކު އަންނަނީ ބައިވެރިވަމުންނެވެ.

މި ޓީމްގައި ތިން އަންހެން ސިފައިން ވެސް ހިމެނެ އެވެ.

ދިވެހިން ސިފައިންނަށް ލިބުނު މި ފުރުސަތާ ބެހޭ ގޮތުން މޭޖާ އަހުމަދު މުހައްމަދު ވިދާޅުވީ ތާރީހީ މި ރަސްމިއްޔާތުގައި ހިއްސާވާން ލިބުމަކީ ދިވެހި ސިފައިންނަށް ލިބުނު ޝަރަފެއް ކަމަށާއި އެކަމާ މުޅި މުއްސަސާ ވެސް ފަހުރުވެރިވާ ކަމަށެވެ.

ޗާލްސް ރަސްމީކޮށް ތަހުތާ ހަވާލުވެވަޑައގަތުމަށް ބާއްވާ ކުލަގަދަ ހަފުލާތަކުގައި ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.