Last Updated: May 3, 01:04
Friday, May 2, 2025
ސިޔާސީ

ރޮޒޭ އަށް މަރުގެ އިންޒާރު!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފި އެވެ.

ރޮޒޭ ވިދާޅުވީ އޭނާ އަށް ބަޔަކު މަރުގެ އިންޒާރު ދީފައި ވަނީ އެސްއެމްއެސްއެއް މެދުވެރިކޮށް ކަމަށެވެ.

އެ މެސެޖްގައި ބުނެފައި ވަނީ "ފާޑު ފާޑު ކުރަންޏާ މަރާލާނަން" ކަމަށް ރޮޒޭ ވިދާޅުވި އެވެ.

މިފަދަ އިންޒާރެއް އައުމާ ގުޅިގެން މި މައްސަލަ މިހާރު ވަނީ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޑިފެންސް މިނިސްޓަރު މުހައްމަޒު ނާޒިމްގެ ސަމާލު ކަމަށް ގެނެސްފައި ކަމަށް ވެސް ރޮޒޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަރުގެ އިންޒާރުތަކެއް ލިބެމުންދާ އިރު، ސިފައިންގެ ފަރާތުން ލިބެން ޖެހޭ ސެކިއުރިޓީ ވެސް ލިބެމުން ނުދާ ކަމަށެވެ.