Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ވެމްކޯ ކޮތަޅަށް ޕްރީ އޯޑަރު ނެގުން ހުއްޓާލަނީ

ވެމްކޯ އިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

ވެމްކޯގެ ބިން ލައިނަރ ގޭގެއަށް ޑެލިވަރ ކޮށް ދިނުން ހުއްޓާލަން އެކުންފުނިން ނިންމައިފިއެވެ.

ވެމްކޯއިން ޕްރީ އޯޑަރ ނަގައި ގޭގެއަށް ޑެލިވަރ ކޮށްދިނުމުގެ ޙިދުމަތް ފެށީ މިދިޔަ އެޕްރީ މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އެ ފަހުން ދެ ހަފްތާވެސް ނުވަނީސް ޕްރީއޯޑަރ ނެގުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށް އެކުންފުނިން މިވަނީ ހާމަކޮށްފައެވެ. ނަމަވެސް ހުއްޓާލާ ސަބަބެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ވެމްކޯ ބިން ލައިނަރ ޕްރީއޯޑަރއަށް ޑެލިވާ ކޮށްދޭން ފެށިއރު ގިނަ ބައެއްގެ ކަންބޮޑުވުމަކީ ޕްރީއޯޑަރ އަށް މަދުވެގެން 24 ޕެކް އޯޑަރ ކުރަން ޖެހުމެވެ. އޭގެ މާނައަކީ އެންމެ ކުދި ސައިޒުގެ ކޮތަޅުން މަދުވެގެން ޕްރީއޯޑަރ ކޮށް ޑެލިވަރީ ކުރާނަމަ 840ރ. ޙަރަދު ވާނެއެވެ. މިކަމުގެ ފާޑުކިއުންތައް އަމާޒުވިއިރު ވެމްކޯއިން ވަނީ އަމިއްލަ ވިޔަފާރިތަކުން ވެމްކޯގެ ކޮތަޅު ވިއްކުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެގޮތުން މިހާރު އެކޮތަޅުތައް މާލެ ސަރަހައްދުގެ 9 ފިހާރައަކުން ވިއްކާނެއެވެ. އެއީ މާލޭގެ 7 ފިހާރައާއި، ހުޅުމާލޭގެ އެއް ފިހާރައިގެ އިތުރުން ވިލިމާލެ ފިހާރައަކުންނެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ފްރަންޓް އޮފީސްތަކުން މިކޮތަޅުތައް ވިއްކާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެކުންފުނިން ވިއްކާ 3 ސައިޒަކީ ލާޖް، ޑަބަލް އެކްސް ލާޖް އަދި ޓްރިޕަލް އެކްސް ލާޖެވެ. ކަޅު އަދި ފެހި ކުލައިގެ ވިއްކާ ކޮތަޅުގެ ބޮޑުމިނަކީ، 11*17 އިންޗީގެ ކޮތަޅާއި، 18*27 އިންޗީގެ ކޮތަޅާއި އަދި 36*48 އިންޗީގެ ކޮތަޅެވެ.

މިގޮތުން ލާޖް ސައިޒުގެ 100 ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެއް ވިއްކާނީ 35ރ. އަށެވެ. ޑަބަލް އެކްސް ލާޖު ސައިޒުގެ 100 ކޮތަޅު ހިމެނޭ ބޮނޑިއެއް ވިއްކާނީ 165ރ. އަށެވެ. އަދި ޓްރިޕަލް އެކްސެލް ސައިޒުގެ 50 ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއެއް ވިއްކާނީވެސް 165ރ. އަށެވެ.