އިންކަމް ޓެކްސް ބަޔާން ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޯށްދޭން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އެހީވުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ މިއަހަރު އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ ދަށް އާމްދަނީއެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހާއްސަކޮށްގެެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕޮރޮގްރާމް މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 22 ގެ ނިޔަލަށް މީރާއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމް ކުރިއަށް ގެންދަނީ އޮންލައިންކޮށް، އީމެއިލް މެދުވެރިކޮށް ނުވަތަ ފޯން ފަދަ ވަސީލަތްތައް މެދުވެރިވެގެން ކަމަށް މީރާއިން ބުނެއެވެ. މިގޮތުން މިދިޔަ އަހަރު 10 މިލިއަނަށް ވުރެ ދަށް އަމްދަނީ ލިބުނު ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް، އިހްތިޔާރުކޮށްފައިވާ ފަރާތްތަކަށް މީރާގެ އެހީތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި އިންކަމް ޓެކްސް ބަޔާނާއި މަލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
We are conducting a special Income Tax Return filing program from 7 May to 22 June 2023. The program will be conducted via phone, e-mail and other web channels.
For more information: https://t.co/vUJEiCipqt pic.twitter.com/irpO7Tv10r
— Maldives Inland Revenue Authority (@MIRAmaldives) May 7, 2023
ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މީރާގެ 9821415 ނަންބަރަށް ވައިބަރ މެސެޖެއް ކޮށްލައިގެން ނުވަތަ އީމެއިލްގެ ޒަރީއްޔާއިން [email protected] އީމެއިލް ކުރައްވައިގެން ނުވަތަ 1415 ހޮޓްލައިނަށް ގުޅައި ނުވަތަ މީރާ ވެބްސައިޓުގެ ލައިވް ޗެޓް މެދުވެރިކޮށްވެސް ރެޖިސްޓަރ ކުރެވޭނެ ކަމަށް މީރާއިން ބުނެއެވެ.
އިންކަމް ޓެކްސް ދައްކަން ޖެހޭ ފަރާތެއްކަން މީރާގެ ވެބްސައިޓު މެދުވެރިކޮށް ވަރަށް ފަސޭހައިން ބަލާލެވޭނެ ކަމަށް މީރާއިން ހާމަކުރެއެވެ.