Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

"ހަތުރޯން ކޭ ކިލާޅީ 13" ގެ ބައިވެރިން ކަށަވަރު

ކަލާސް ޓީވީގެ މަގުބޫލު ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 ގެ ބައިވެރިން ކަށަވަރުވެއްޖެ އެވެ.

މި ފަހަރުގެ ސީޒަންގައި ވެސް މަޝްހޫރު ޓީވީ ސެލެބްރިޓީންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ސްޓާ ޕްލަސްގެ ސިލްސިލާ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގައި ޕާކީގެ ރޯލު ނިމުމަކަށް އައި އައިޝްވާރިއާ ޝަރުމާ އާއި އެކްޓަރު އަރިޖިތު ތަނޭޖާ އާއި ރޯހިތު ރޯއި އާއި "ބިގް ބޮސް 16" ގައި ވާދަކުރި ޝިވް ތާކްރޭ އާއި އަރްޗަނާ ގޯތަމާއި ޝީޒާން ޚާނާއި ރޫހީ ޗަތުރަވެދީ އާއި އަންޖުމް ފާކިހް އާއި ޑީނޯ ޖޭމްސް އާއި ނައިރާ ބެނަޖީ އާއި އަންޖަލީ އާނަންދު އަދި ސައުންދަސް މުފާކިރާ ހިމެނެ އެވެ.

މި ބައިވެރިންނާ އެކީ "ހަތުރޯން ކޭ ކިލާޅީ 13" އިއުލާންކޮށް، އޭގެ މަސައްކަތަށް ޓީމް މިހާރު ވަނީ ދެކުނު އެފްރިކާ އަށް ގޮސްފަ އެވެ. ފާއިތުވި ދެ އަހަރު ވެސް ޝީ ގެނެސްދީފައި ވަނީ އެ ގައުމުގެ ކޭޕް ޓައުންއިންނެވެ.

"ހަތުރޯން ކޭ ކިލާޅީ" ގެ ހޯސްޓަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. މި ފަހަރު ސީޒަން އިއުލާންކުރި ނަމަވެސް ބެލުންތެރިންނަށް ޝޯ ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރުގެ ކުރިން ޝޯ ބަލާލަން ލިބުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.