Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ތިނަދޫ ކާޑަށް ޖެހިއްޖެ

ގދ. ތިނަދޫން ހަނޑުލާއި ފުށް ހުސްވެ ކާޑުގެ ދަތިކަން ކުރިމަތިވެއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ ރަށުން ހަނޑުލާއި ފުށް އެއްކޮށް ހުސްވިތާ މިހާރު ހަފުތާއެއް ވެދާނެ އެވެ. މިކަމާ ގުޅިގެން އެސްޓީއޯ އިން ދީފައިވާ ޖަވާބަކީ ރަށުގައި ކާޑުގެ ބާވަތްތައް ވިއްކާ އޭޖެންޓް އެކަމަށް މިދިޔަ މަސް ނިމުނު ވެސް ރިކްއެސްޓްނުކޮށް އޮތުން ކަމަށް ކައުންސިލުން ބުންޏެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ކާޑުގެ ބާވަތްތައް ރަށުގައި ވިއްކަނީ އެންމެ އޭޖެންޓެއް މެދުވެރިކޮށް ކަމަށާއި ކާޑްގެ ބާވަތްތަކަށް ޖެހުނު އިރު، އީސް އޭޖެންޓް ހުރީ ރާއްޖޭން ބޭރުގައި ކަމަށް އެނގިފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ތިނަދޫގައި ކާޑު އެޖެންޓަކަށް ވުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ދިނުމަށް އެސްޓީއޯގައި އެދިފައި ވާނެ އެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ތިނަދޫން ހުސްވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ ހަނޑޫ އެކަންޏެވެ. އަދި ހަނޑޫ ފޮނުވުން ލަސްވެފައި ވަނީ އުޅެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.