ސިފައިންގެ ވަޒީފާތަކަށް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުން މީހުން ހޯދަން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ސެޝަންތައް ގެންދަން ހަމަޖެހިފައި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގަ އެވެ.
"ކުރިއަށްދާނެ މަގެއް ޚިޔާރުކޮށް، ޤައުމަށް ޚިދުމަތްކުރަމާ"
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށްދާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހަމަޖެހިފައިވާ ގޮތް. pic.twitter.com/RJDChtaLW2— Maldives National Defence Force (@MNDF_Official) May 7, 2023
އެގޮތުން މައުލޫމާތު ދޭން ބާއްވާ ފުރަތަމަ ސެޝަން މިއަދު ހަވީރު 4:00 އިން 6:00 އަށް ހިތަދޫ ސްކޫލްގެ އިތުރުން ފުވައްމުލަކުގެ އަތޮޅު މަދަރުސާގައި ކުރިއަށް ދާނެ އެވެ. އަދި މާދަމާ ހަވީރު ހުޅުމީދޫ ފަޔާ ސްޓޭޝަންގައި ވެސް މައުލޫމާތު ދިނުމުުގެ ސެޝަން ކުރިއަށް ގެންދާނެ އެވެ.
ހުވަދު އަށް ހާއްސަ ސެޝަން ބާއްވަން ހަމަޖެހިފައި ވަނީ 10 ވަނަ ދުވަހު ހަވީރު ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
ސިފައިންގެ ވަޒީފާތަކަށް މީހުން ހޯދާ އިރު، ވަޒީފާތަކަށް އެޕްލައިކުރާ މީހުންނަކީ ޖީސީއީ އޯ ލެވެލް ނުވަތަ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް އުމުރުން 18-25 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހޭނެ އެވެ.