ފިލްމީ މަސައްކަތްތަކުން މިދިޔަ އަހަރު ބްރޭކެއް ނެގި ބޮލީވުޑްގެ ތަރި އާމިރު ޚާން މެޑިޓޭޝަން ޕްރޮގްރާމާކަށް ނޭޕާލަށް އިއްޔެ ހިނގައްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 58 އަހަރުގެ އެކްޓަރު އަމިއްލަ ނަފުސު ތާޒާކޮށްލައި، ހިތްހަމަޖައްސައި އަރާމުކޮށްލަން ކުރާ މި ދަތުރުގައި މެޑިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ނޭޕާލްގެ ވެރިރަށް ކަތުމަންޑުއާ 12 ކިލޯމީޓަރު ދުރުގައި އޮންނަ ބުދަންނިލްކަންތާގެ ވިޕަސާނާ މެޑިޓޭޝަން ސެންޓަރުގަ އެވެ.
ބައެއް މީޑިއާތަކުން ބުނީ އާމިރުގެ މި ދަތުރަކީ 10 ވަރަކަށް ދުވަހުގެ ދަތުރެއް ކަމަށެވެ.
ހުނަރުވެރި އަދި ކާމިޔާބު އެކްޓަރު އެކްޓިން އިން ބްރޭކެއް ނަގަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި ފިލްމު "ލާލް ސިންގް ޗައްޑާ" ބޮޑުތަނުން ފްލޮޕްވުމާ ގުޅިގެންނެވެ. އެހެންވެ ދޮޅު އަހަރުގެ ބްރޭކެއް ނަގަން ނިންމި އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާމިރު މިހާރު އަންނަނީ އޭނަގެ 2008 ގެ ފިލްމު "ގަޖިނީ" ގެ ސީކްއެލްއެއް ހެދުމުގެ ތައްޔާރީތައްވަނުންނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ އޭނަ އަލުން އޭނަ އެކްޓިން އަށް ނުކުންނާނެ އެވެ.
ތިން ކުދިންގެ ތިބި އާމިރުގެ ދެ ކައިވެނި ވެސް އޮތީ ރޫޅިފަ އެވެ.