Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ކޭ-ޕާކުން ލަނޑު ލިބުނު މީހުން ޕޮލިހަށް އަންގަން އެދިއްޖެ

ހުޅުމާލޭގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސަސްއިން އެޕާޓްމަންޓްތަކެއް ވިއްކައި، މަކަރާއި ހީލަތުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ އެކަން ފުލުހަށް އެންގުމަށް އެދިއްޖެ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެހެންވެ ކޭ-ޕާކް ރެސިޑެންސް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ ވީ އެންމެ އަވަހަކަށް އެކަން އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދޭން އެދިފައިވެ އެވެ.

ކޭ-ޕާކްގެ މައްސަލައާ ގުޅިގެން ހަންބޯ ކުންފުނިންނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުުންނަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ކުންފުނީގެ 95 އިންސައްތަ ހިއްސާ އޮންނަ ޖިން ޝިހޫ އާއި މައިނޯރިޓީ ހިއްސާ އޮންނަ ޙަސަން މަމްދޫހް (މަންޑޭ) ކަމަށެވެ.

އަދި ކުންފުނިން ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރެއިން، މަމްދޫހާއި ޖައިޝަން ސައީދު ނަމަކަށް ކިޔާ މީހަކު ވިއްކާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ބަޔާނުގައިވެއެވެ.

ހަންބޯ އިން ބުނީ އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށެވެ. ނަމަވެސް، ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޖިން ޝިހޫ އާއި އެ ވަކީލާ ބައްދަލުވެފައި ނުވާ ކަމަށް ހަންބޯ އިން ބުންޏެވެ. އެ ކުންފުނިން ބުނީ މިހާރު އެ މައްސަލަ، ބީއެމްއެލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަންދޫގެގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.