Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

"މީ އިޝްގު" ގެ ޝޫޓިން ފަށައިފި

އަރަމުން އަންނަ ޒުވާން އެކްޓަރު އަޒްހާން އިބްރާހީމް ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" ގެ ޝޫޓިން މިއަދު ފަށައިފި އެވެ.

މިދިޔަ މާޗް މަހު ލޯންޗްކުރި މި ފިލްމަކީ އަސަރު ގަދަ ލޯބީގެ ވާހައަކަށް ހަދާ އެއްޗެކެވެ. "މީ އިޝްގު" ގެ ލީޑް ތަރިންނަކީ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމު "ހިނދުކޮޅެއް" ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

މާލެ އާއި މާފުށީގައި މައިގަނޑު މަންޒަރުތައް ނަގާ "މީ އިޝްގު" އާ ބެހޭ ގޮތުން އަަޒްހާން ބުނެފައި މިއީ ތަފާތު ކަންތައްތަކެއް ފެނިގެންދާނެ އަދި އާއިލާތަކަށް އެކީގައި ބަލާލެވޭ ކަހަލަ ވަރަށް ރީތި ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރަކީ ލީނާޒް ހުސައިނެވެ. ފިލްމުގެ މިޔުޒިކް ހަދަނީ ޝަހީދު ލެގަސީ އެވެ.

ފީޗާ ފިލްމެއްގެ މަސައްކަތް އަޒްހާން މި ފެށީ ދެ ވެބް ސީރީޒެއް ގެނެސްދިނުމަށް ފަހު އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.