Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

"ގޯލްޑް 100" އެވޯޑް ހަފުލާ 16 ގައި

މި އަހަރުގެ "ގޯލްޑް 100" އެވޯޑް ހަފުލާ މި މަހުގެ 16 ގައި ބާއްވަން ނިންމައިފި އެވެ.

މި އެވޯޑަކީ ރާއްޖޭގެ ވިޔަފާރިތަކުން އެންމެ ފާހަގަކޮށްލެވޭ 100 ކުންފުންޏެއް ފާހަގަކޮށްދޭ އެވޯޑެކެވެ. "ގޯލްޑް 100" އެވޯޑް ދޭން ފެށީ 2017 ގަ އެވެ.

މި އަހަރުގެ އެވޯޑް ހަފުލާގެ ތައްޔާރީތައް މިހާރު ބާރަށް ކުރިއަށްދާ އިރު އެ ހަފުލާގައި "ގޯލްޑް 100" މެގަޒިން އިފުތިތާހުކުރުމާއި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެ އެވެ.

ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ހަފުލާގައި ދޭނެ އެވެ.

"ގޯލްޑް 100" އެވޯޑް ހަފުލާގައި ބައިވެރިވެވޭނީ އެ އިންތިޒާމުކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ.

"ގޯލްޑް 100" އަށް ހުށައަޅާ ކުންފުނިތަކުގެ ތެރެއިން 100 ކުންފުނި ހޮވަނީ މިނިވަން ކޮންސަލްޓަންސީ ފާމެއް މެދުވެރިކޮށެވެ.