Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އިމުގެ މައްސަލާގައި އިދިކޮޅުން ނަޝީދުގެ އަރިހަށް

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކޮށްފި އެވެ.

އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލައާ ގުޅިގެން ނަޝީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަޝީދަކީ އެ މައްސަލާގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތަކަށް ފާޑުވެ ވިދާޅުވެ، ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން ބައެއް ގެއްލުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ ބޭފުކެވެ.

އިމުގެ މައްސަލައިގެ ކަންބޮޑުވުންތަކާ އެކީ އިދިކޮޅު ކޯލިޝަނުން ނަޝީދާ ބައްދަލު ކުރެއްވި ޓީމްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ.