Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

ގްރޫޕަކުން ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

އުތުރުގެ ރަށެއްގައި ގްރޫޕަކުން ކުޑަ އަންހެން ކުއްޖަކަށް ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބަލަމުން އަންނަ މި މައްސަލާގައި ހިމެނޭ ކުއްޖާ މާލެ ގެނެސް ރައްކާތެރިކަމާއި އެހީތެރިކަން ޖެންޑަ މިނިސްޓްރީން ދީފައިވާ އިރު، އެ ކުއްޖާ އަކީ 14 އަހަރުގެ ކުއްޖެއް ކަމަށް އެނގިފައިވެ އެވެ. އަދި ކުއްޖާ ރޭޕްކުރިކަން މައްސަލަ ފަޅާއެރީ ގިނަ ބަޔަކު އެ ކުއްޖާއާ ބެހޭތާ ދުވަސްތަކެއްވެފައި ވަނިކޮށެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.