Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޖީގެ ފުވައްމުލަކު ގޮފިން މިހާރު މައްސަލަތައް ބަލައިގަނޭ

ޕްރޮސެކިއުޓަ ޖެނަރެލް (ޕީޖީ) އޮފީހުގެ ފުވައްމުލަކު ގޮފިން ޖިނާއީ ކުށްތަކުގެ މައްސަލަތައް ބަލައިގަންނަން ފަށައިފި އެވެ.

ކުރިން އެ ސިޓީގައި ތަހުގީގުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީ އޮފީހުގެ އައްޑޫ ގޮފިންނެވެ.

ޕީޖީ އޮފީހުން ބުނީ އަމާޒަކަށްވެފައި އޮތީ ފުވައްމުލަކުގައި ގާއިމުވެތިބި ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށެވެ. އެ އޮފީހުން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި މަސައްކަތްކުރެ އެވެ. ޕީޖީ އޮފީހުގެ ފުވައްމުލައް ގޮފި ހުުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގަ އެވެ.

ޕީޖީ އޮފީހުން ބުނީ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށް ދިނުން ކަމަށެވެ.