މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދައުވާކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މިފަހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޯޅަވަހީގެ މައްސަލައިގެ ނިންމުންތައް ނިމުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީގެ ސަބަބުން ކަމަށެވެ. އަދި އެ ސިޓީ ފޮނުވޭނެ ޤާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދައުވާކުރަންޖެހޭ ކަމަށާއި ފޯޅަވަހި އެންމެ ހައްޤުކަން ބޮޑީ ދިވެހިންނަށް ކަމަށެވެ.
"އެއީ ޤައުށް ލިބެންޖެހޭ ބޮޑު ސަރަޙައްދެއް، މުއްސަނދިކަމެއް!" ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މިފަހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށްބުނެ ގިނަ ފަރާތްތަކަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރު ދިފާއު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ އިޓްލޮސްގެ ނިންމުމުން ރާއްޖެއަށް ކަނޑުގެ އިތުރު ސަރަހައްދެއް ލިބުނީ ކަމަށެވެ.