Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ކައިވެނި ރޫޅުމުން ފޮޓޯތަކުގެ ރިފަންޑް ހޯދަން އެދިއްޖެ!

ކައިވެނި ރޫޅުމުން ދެކުނު އެފްރިކާގެ އަންހެނަކު އޭނަގެ ކައިވެނީގެ ފޮޓޯތައް ނެގި ފޮޓޯގްރާފަރުގެ ފަރާތުން ރިފަންޑް ހޯދަން އެދިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން އަންހެން މީހާ އާއި ފޮޓޯގްރާފަރު ލާންސް ރޯމިއޯއާ ދެމެދު ވަޓްސްއެޕްގައި މިދިޔަ މަހު ކުރެވުނު މުއާމަލާތްތަކުގެ ސްކްރީންޝޮޓްތަކެއް، ރޯމިއޯ ޓްވިޓާގައި ޕޯސްޓްކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލިކަން ވެސް ލިބިފައިވެ އެވެ.

ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި އަންހެން މީހާ ފޮޓޯގްރާފަރުގެ ގާތުގައި ބުނީ އޭނަ އާއި ފިރިމީހާގެ ކައިވެނި މިހާރު ރޫޅިއްޖެ ކަމަށާއި އެހެންވެ ދެ މީހުންނަށް ވެސް ކައިވެނީގެ ފޮޓޯތައް މިހާރު މުހިއްމު ނުވާތީ އެކަމަށް ކުރި ހަރަދު ފޮޓޯގްރާފަރު ރައްދުކޮށް ދިނުމަށެވެ. ހަނދާންކޮށް ދިނުމުގެ ގޮތުން އަންހެން ބުނީ އޭނަގެ ކައިވެނީގެ ފޮޓޯތައް ރޯމިއޯ ނަގައި ދިނީ ޑާބަންގައި 2019 ގައި ކަމަށާއި އެ ފޮޓޯތައް ވަރަށް ޗާލު ކަމަށެވެ.

ރޯމިއޯ ބުނި ގޮތުގައި ރިފަންޑް ހޯދަން އެދުމުން އޭނަ ފުރަތަމަ ހީކުރީ އަންހެން މީހާ ސަމާސާ ކުރަނީ ކަމަށެވެ. އެކަމަކު ރިފަންޑް ނުދޭނެ ކަމަށް ބުނުމުން އެހެން ވިއްތާ ވަކީލެއް މެދުވެރިކޮށް ކުޑަމިނުން ރިފަންޑްގެ 70 ޕަސެންޓް ނަމަވެސް އަތުލާނެ މށް އެކަމާ އަންހެން ބުންޏެވެ. ރޯމިއީ ބުނި ގޮތުގައި މިއީ އަންހެން މީހާ ސީރިްއަސްކޮށް ބުނާ އެއްޗެއްކަން އެނގުނީ އެ ހިސާބުންނެވެ.

އެކަމަކު އޭނަ ވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެގޮތުން އަންހެން މީހާ ބައްދަލުކުރަން އެދުމުން އެކަމަށް ވެސް ނޫނެކޭ ބުނެ ރިފަންޑް ހޯދުމުގެ މައްސަލާގައި ކޯޓް ކޭހަކަށް ދާން ތައްޔާރަށް ހުރި ކަމަށް ރޯމިއޯ ބުނެފައިވެ އެވެ.