Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ލަންކާގައި ދިވެއްސަކު 7 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކަށް ސްރީ ލަންކާގައި 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ (އެކްސްޓަސީ) ލަންކާ އަށް އެތެރެ ކުރި މައްސަލައެއްގައި މެއި 16، 2018 ގައި ދައުވާކޮށްގެން ޖަލު ހުކުމެއް އައީ ޒިދާން އިބްރާހީމް ކިޔާ މީހަކަށެވެ.

އޭނަ އަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކޮލޮމްބޯ ހައި ކޯޓުންނެވެ.

ޒިދާނާއި ިއތުރު މީހަކު 2018 ގައި ހައްޔަކުރީ ދެހިވަލައިގައި ލަންކާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް އޮގަނައިޒްޑް ކްރައިމް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭރު އެ މީހުންގެ އަތުން 1،925 އެމްޑީއެމްއޭ ގުޅަ ފެނިފައިވެ އެވެ. އެ ތަކެތީގެ އަގު ލަންކާ 10 މިލިއަން ރުޕީސް އަށް އަރަ އެވެ. އެ ތަކެތި ލަންކާ އަށް އެތެރެކުރީ ކްރިއާ މެދުވެރިކޮށް ނެދަލޭންޑްސް އިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.