Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

ގާދިއްފުށީގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައި އޮތީ އެރަށުގެ ރަށުގެ ތުނޑީކޮޅު ސަރަހައްދުންނެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތުދެއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 18,894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 19.13 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.