ސިވިލް ކޯޓާއޮ ކްރިމިނަލް ކޯޓުގެ އިސްޤާޟީން އައްޔަނުކޮށް ފަތްކޮޅު އަރުވައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖައްސާފައިވަނީ ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދެވެ. ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އައްޔަނު ކޮށްފައިވަނީ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ.
އެ ދެބޭފުޅުން މަގާމަށް އައްޔަނު ކުރުމަށް ނިންމީ މޭ 03 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. އެ ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު އެކަމަށްޓަކައި ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.
މި ދެބޭފުޅުންވެސް އިސްގާޟީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއު ކުރުމަށްފަހުއެވެ.