Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުޅުމާލެ ރެޒިޑެންޝަލް ބިންތައް ބޭނުން ކުރަން އައު ޤަވާއިދެއް

ހުޅުމާލެ މަތިން / ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް އެކަކުކުން ދިރިއުޅުމަށް ދޫކޮށްފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ވިޔަފާރި ބޭނުމަށް ބޭނުން ކުރެވޭނީ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ އެކަނި ކަމަށް އެޗްޑީސީން ކަނޑައަޅައިފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން މިދިޔަ މަހުގެ 26 ގައި " ހޭ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު" ނަމުގައި އައު ޤަވާއިދެއް ވަނީ އެކުލަވައި ގެޒެޓްކޮށްފައެވެ. ހުޅުމާލެ ފޭސް 1 އިން، އާންމު ދިރިއުޅުމަށ،ް ރެސިޑެންޝަލް ނެއިބަރހުޑް 1 އާއ،ި ނެއިބަރހުޑް 2 އާއ،ި ނެއިބަރހުޑް 3 އިން ދޫކޮށްފައިވާ ގޯތިތަކުގެ އިމާރާތްކުރުމުގެ ކަންކަން ހުންނަންޖެހޭ ގޮތް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

ހުޅުމާލޭގައި މި ސަރަހައްދުތަކުން ބިން ދޫކޮށްފައިވަނީ އާންމު ދިރިއުޅުމަށް ކަމުގައިވީ ނަމަވެސް، މިހާރު މި ބިންތައް ބޭނުން ކުރަނީ ގެސްޓް ހައުސް އަދި ކެފޭ ރެސްޓޯރެންޓް ވިޔަފާރިތައް ހިންގުމަށެވެ. މިގޮތުން މި ސަރަހައްދުތަކުގައި ބީޗް ފްރޮންޓް ގިނަ ތަންތަނުގައި ގެސްޓް ހައުސް ހުރިއިރު މިއީ ހުޅޫމާލޭގައިވެސް އެންމެ ގިނަ ގެސްޓް ހައުސްތައް ހުރި ސަރަހައްދެވެ. އަދި މި ސަރަހައްދަކީ ގިނަ އާންމު ފިހާރަތަށްވެސް ހިންގާ ސަރަހައްދެއްވެސްމެއެވެ.

ގެޒެޓް ކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން އެ ސަރަހައްދުތަކުގައި ހުރި ބިން ތަކަކަކީ އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކަށްވި ކަމުގައިވީނަމަވެސް، އެޗްޑީސީގެ ހުއްދައަކާއި އެކު ފުރަތަމަ ފަންގިފިލާ އަދި ގްރައުންޑް ފްލޯ ކޮމާޝަލް ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އިމާރާތެއް ބޭނުން ކުރާއިރު މަދުވެގެން 1 އެޕާޓްމެންޓް ހަދާފައި އިންނަން ޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބިމުގައި ނުކުރެވޭނެ މަސައްކަތްތައްވެސް އެ ޤަވާއިދުގެ ދަށުން ވަނީ ކަނޑައަޅާފައެވެ. އެއީ،

1. ސިނާޢީ މަސައްކަތް؛
2. އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ ނުވަތަ އެފަދަ ތަކެތި ރައްކައުކުރެވޭ ތަންތަން ހެދުން؛
3. އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަވާ ކަންކަމާއ،ި އާންމުންނަށް އުނދަގޫވާ
ވަރަށް ވަސްދުވާ ކަންތައްތައް؛
4. ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް؛
5. ގުދަން ކުރުން؛ ވެއަރހައުސް ސްޓޯރޭޖް ފަދަ ބޭނުންތަކަށް

މީގެ އިތުރުން ބިމުގެ ތިރީބައިގައި ކޮމާޝަލް ބޭނުންތަކަށް ބޭނުން ކުރާއިރު ގޯތީގައި ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ހުއްދަކުރެވޭ ބައިގެ ތެރެއިން ވަދެ
ނުކުމެވޭގޮތަށް ނުވަތަ އެ ބައިގެ ތެރެއަށް ދިރިއުޅޭ ބައިން ވަދެ ނުކުމެވޭގޮތަށް ހުރެގެން ނުވާނެ ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި އިމާރާތުގެ ރައްކާތެރިކަމަށް ގިނަ ކަންކަން ކަނޑައަޅާފައިވާއިރު، ޤަވާއިދާއި ޙިލާފުވެގެން ޢަމަލު ކުރާނެ ގޮތެއް މި ޤަވާއިދު ގެޒެޓް ކުރާތާ 3 މަސް ދުވަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމެޓީއަށް ފޮނުވައިގެން ފާސް ކުރަން ޖެހެއެވެ. މި ސަރަހައްދުގައި ކުރެވޭ އިމާރާތްތަކުގެ އެންމެ އުސް މިނަކީ 6 ފަންގިފިލާ ކަމަށް ޤަވާއިދުގައި ވެއެވެ.