Last Updated: July 26, 12:01
Sunday, July 26, 2026
މުނިފޫހިފިލުވުން

"ލޯބިވެވިއްޖެ" ގެ އައްޑޫ ވަދާއީ ޝޯ މާދަމާ ރޭ

އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ގެ އައްޑޫގެ ފަހު ޝޯ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ޝޯގެ ޓިކެޓް ބާރަށް މިހާރު ވިކެމުން އަންނަ އިރު، މި ފިލްމު އައްޑޫގައި އެޅުވީ މި މަހުގެ 4 ގަ އެވެ. "ލޯބިވެވިއްޖެ" ގެ ޝޯތައް އައްޑޫގައި ކުރިއަށް ގެންދަނީ މަރަދޫ ބޮނޑުގޭގަ އެވެ. ފިލްމުގެ ޓިކެޓް ބޭނުންވާ މީހުން 9944967 އަށް ގުޅުމުން ޓިކެޓް ޑެކިވަރީކޮށް ދޭނެ އެވެ.

ސީޒަން ކުޅެ، ޑައިރެކްޓްކުރި "ލޯބިވެވިއްޖެ" މާލޭގެ އޮލިމްޕަހުގައި ޕްރީމިއާކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން ފިލްމުގެ ކާމިޔާބު ޝޯތަކެއް އަންނަނީ ދައްކަމުންނެވެ. އައްޑޫގެ އިތުރުން މި މަހުގެ 4 ގައި ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް "ލޯބިވެވިއްޖެ" އެޅުވި އެވެ.

މި ފިލްމުގެ ކާސްޓްގައި މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަހުމަދު ނިމާލު އަދި އަލީ އާޒިމް (ދޮންއައްޔަ) ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އަކީ މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ތިން ވަނަ ދިވެހި ފިލްމެވެ.