Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

ވަގު ޑޮލަރުން އައިފޯނެއް ގަތުމުން ޖަލަށް

އެނގި ހުރެ ވަގު ޑޮލަރުން އައިފޯނެއް ގަތް މީހަކު 9 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ޕީޖީން ދައުވާ އުފުލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮންލައިންކޮށް އައިފޯން 14 ޕްރޯ މެކްސްއަކަށް އޯޑަރުކޮށް އެ ފޯނު ހަވާލު ކުރަން ދިޔުމުން 15،000 ޑޮލަރަށްވާ 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މީހެއްގެ މައްޗަށެވެ.

މި ދައުވާއާ ގުޅިގެން ހުކުމް އިއްވި އިރު، އެކަން ކުރި މީހާ ކޯޓްގައި އެކަމަށް އިއުތިރާފު ވެސް ވެފައިވެ އެވެ.

އެގޮތުން އޭނަގެ މައްޗަށް ކޯޓުން އިއްވީ ނުވަ މަސް ދުވަހުގެ ޖަލު އަދަބަކާ އެކީ 480 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުމުގެ ހުކުމެވެ.