މިފްކޯ އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ މަސް ކުންފުނިން ހުޅުވާލި މަސައްކަތުގެ ތަޖުރިބާގެ މިޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި މިފްކޯގައި އަލަށް ގާއިމުކުރެވޭ ސެންޓަރުތަކުގަ އެވެ. އަލަށް މިފްކޯގެ ސެންޓަރުތައް ގާއިމުކުރެވޭ ތަންތަނަކީ މ. މުލަކާއި ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކެވެ.
އެފްރެންޓިސްޝިޕް ޕްރޮގްރާމަށް ނަގަން ހަމަޖެހިފައި ވަނީ 37 ޒުވާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފެލިވަރާއި މުލަކާއި ތިނަދޫން މިއިން ކޮންމެ ރަށަކުން 11 ޒުވާނުންނާއި ފުވައްމުލަކުން ހަތަރު ޒުވާނުންނެވެ.
ހަ މަސް ދުވަހަށް އެޕްރެންޓިސްގެ ތެރެއިން ތަމްރީން ދޭން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް، މެކޭނިކަލް އިންޖިނިއަރިން/މެރިން މެކޭނިކް، އޮޓޮމޯޓިވް މެކޭނިކް، އިލެކްޓްރިޝަން އަދި ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އެވެ.
މިފްކޯ އިން ބުނީ އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް މަހަކު 6،000ރ. ލިބޭނެ ކަމަށާއި ޕްރޮގްރާމް ނިންމުމަށް ފަހު ވަޒީފާގެ ފުރިސަތު ވެސް ލިބޭނެ ކަމަށެވެ.
އެހެންވެ ޝައުގުވެރިވާ 18 އަހަރުން މަތީގެ އަދި އީ ލެވެލް ހަދާފައިވާ ޒުވާނުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުން 3323932 ހޯދޭނެ އެވެ.