ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިބް އެ ގައުމާ އެކީ ރާއްޖެއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެ އާއި ސާބިއާ އިން ސޮއިކޮށްފައިވާ އެއް އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ޚިދުމަތުގެ އެއްބަސްވުމަކާއި ވިޔަފާރި އާއި
އިގުތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމެއްގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ސާބިއާގެ ފޮރިން މިނިސްޓްރީއާ ދެމެދު ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ސޮއިކުރި އެއްބަސްވުމެއް ހިމެނެ އެވެ.
Delighted to meet with Foreign Minister Ivica Dačić of #Serbia.
We discussed extensively on human resource development, sports coopoeration, promoting trade ties and tourism, and multilateral cooperation.
Confident that 🇲🇻 – 🇷🇸 relations will reach new heights. pic.twitter.com/MFuUXfue6G
— Abdulla Shahid (@abdulla_shahid) May 9, 2023
ޝާހިދު ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން ސާބިއާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކު ރޮނގުތަކުން ކުރިއެރުންތައް ލިބުމަށް މަގުފަހިވާނެ ކަމަށެވެ.