Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

ޕާސްޕޯޓްގެ ހިދުމަތް މިއަދު ހުއްޓިފައި

އިމިގްރޭޝަނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދިޕާސްޕޯޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

އެތަނުން ކުރި ޓުވީޓެއްގައި ބުނީ ޕާސްޕޯޓުގެ ހިދުމަތް އަލުން ފަށަން ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ކުރަމުން އަންނަ ކަމަށާއި މެންދުރު އަލުން ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓްގެ ހިދުމަތަށް ހުއްޓުމަށް މިއަދު އައި އިރު، ސްކޫލް ބޮޑު ޗުއްޓީ ގާތްވަމުން އަންނާނީ ޕާސްޕޯޓް ހައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އިމިގްރޭޝަނަށް ބާރުބޮޑުވެފައިވެ އެވެ.

އިމިގްރޭޝަނުން ދުވާލެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ޕާސްޕޯޓް ދޫކުރާ އިރު، އެވްރެޖްކޮށް ދުވާލަކު 300 އަށް ވުރެ ގިނަ މީހުން ޕާސްޕޯޓް ހައްދަން ހުށަހަޅަ އެވެ.