Last Updated: July 27, 15:08
Saturday, July 27, 2024
ދުނިޔެ

ޓްވިޓާ އިން ކޯލް ކުރެވޭ ގޮތް ހަދަނީ

ޓްވިޓާ އަށް ވަރަށް ކޯލް ކުރެވޭ ފީޗާ ގެންނަން ނިންމާފައިވާ ކަމަށް އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ އެ ފީޗާއާ އެކީ ޓްވިޓާ މެދުވެރިކޮށް، ވީޑިއޯ ކޯލް ވެސް ކުރެވޭގެ ގޮތް ހަމަޖެހިގެން ދާނެ ކަމަށާއި މިކަމަށް ފޯނު ނަމްބަރު ވެސް ބޭނުމެއް ނުވާނެ ކަމަށެވެ.

މިފަދަ ބަދަލެއް ގެންނަން ނިންމިކަން އިއުލާންކު އިރު، މިއަދުން ފެށިގެން ޓްވިޓާގައި އެންކްރިޕްޓްކޮށް މެސެޖްކުރެވޭ ވެސް ހަދަން ނިންމައިފަ އެވެ. މި ވާހަކަ ވެސް އީލޮން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު، އީލޮންސްގެ މޭސްތިރިކަމުގެ ދަށުން ޓްވިޓާ އަށް އެކި ކަހަލަ ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ވެރިފިކޭޝަނަށް ފީއެއް ނަގަން ނިންމުމެވެ.

ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.