އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ހުވަދު އަތޮޅަށް ފެރީގެ ހިދުމަތް ފެށުމުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން އަމާޒު ހިފާފައި އޮތީ ޖުލައި މަހުގެ ތެރޭގައި މި ހިދުމަތް އެ ސަރަހައްދުގައި ފަށައި ވަރަށް އަވަހަށް ހުވަދު އާއި އައްޑޫ ވެސް ގުޅައިލުމެވެ. އެގޮތުން މިހާރު ހުވަދު އަށް އާރްޓީއެލް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ގދ އާއި ގއ. އަތޮޅުގެ ކައުންސިލްތަކާ އެމްޓީސީސީން ބައްދަލުކޮށް މަޝްވަރާތަކެއް އަންނަނީ ބާއްވަމުންނެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 5 (ގއ. އަދި ގދ) ގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ގދ.މަޑަވެލި ކައުންސިލްއާއި އަދި ރަށުގެ އެކި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވައިފި.#connectingraajje pic.twitter.com/5cEnBFSEeN
— Min.of National Planning, Housing & Infrastructure (@MoNPHImv) May 10, 2023
އެގޮތުން ހިދުމަތް ފެށުމުގެ ކުރިން ކައުންސިލްތަކާއި އާންމުމްގެ ހިޔާލު ވެސް ހޯދައި އެކަންކަމަށް ރިއާޔަތްކޮށް، ދަތުރުތައް ބައްޓަން ކުރާނެ އެވެ. ހުވަދު އަށް އާރްޓީއެލްގެ ފެރީ ހިދުމަތް ފަށާ އިރު، އެ ދެ އަތޮޅުގައި މީހުން އުޅޭ 19 ރަށް އޮވެ އެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 5 (ގއ. އަދި ގދ) ގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ގދ.މަޑަވެލި ކައުންސިލްއާއި އަދި ރަށުގެ އެކި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވައިފި.#connectingraajje pic.twitter.com/5cEnBFSEeN
— Min.of National Planning, Housing & Infrastructure (@MoNPHImv) May 10, 2023
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު ހަ ސްޕީޑް ފެރީ ބޭނުންކުރާނެ އެވެ. ނަމަވެސް ޚިދުމަތް އެއްކޮށް ފުރިހަމަވެގެން އަންނަ އިރު، ޖުމްލަ 9 ފެރީ ބޭނުންކުރާނެ އެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 5 (ގއ. އަދި ގދ) ގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ގދ.ނަޑެއްލާ ކައުންސިލްއާއި ރަށުގެ އެކި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވައިފި. #connectingraajje pic.twitter.com/3w3anE7dK5
— Min.of National Planning, Housing & Infrastructure (@MoNPHImv) May 10, 2023
ހުވަދޫގައި ހިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 5 (ގއ. އަދި ގދ) ގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ގދ.ރަތަފަންދޫ ކައުންސިލްއާއި ރަށުގެ އެކި މުވައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުން ބާއްވައިފި.#connectingraajje pic.twitter.com/QlG6kNSmRM
— Min.of National Planning, Housing & Infrastructure (@MoNPHImv) May 9, 2023
އާރްޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީން ދެނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މި ހިދުމަތުގެ ތެރެއިން މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް\ ފެރީ ނިޒާމުން ގުޅާލައިފަ އެވެ.