Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ފިންލޭންޑްގެ އަންހެން ބޮޑުވަޒީރު ވަރިއަށް!

ފިންލޭންޑްގެ އަންހެން ބޮޑުވަޒީރު ސަނާ މާރިންގެ ކައިވެނި ވަރިއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.

މާރިން އާއި ފިރިމީހާ މާކަސް ރައިކޮނެން 19 އަހަރު އެކީގައި އުޅުއްވުމަށް ފަހު ކައިވެނި ރޫޅައިލަން ނިންމަވައި އެކަން ކޯޓަށް ވެސް ހުށަހަޅުއްވާފައިވާކަން އިއްޔެ އިއުލާންކުރެއްވީ އިންސްގްރާމް ސްޓޯރީގަ އެވެ. އޭގައި އޭނަ ވިދާޅުވީ ކައިވެނި ރޫޅައިލަން ނިންމި އިރު، އަންހެން ދަރިއަކު ވެސް އެބަހުރި ކަމަށާއި މާކަސްއާ އެކީ ހޭދަކުރެއްވުނު 19 އަހަރާ މެދު ޝުކުރު ކުރައްވާ ކަމަށެވެ.

އެ ދެ މީހުން ކައިވެނި ކުރެއްވީ 2020 ގަ އެވެ.

ޕޯސްޓްގައި މާރިން ވިދާޅުވީ ދެ މީހުން ވަރިވި ނަމަވެސް މާކަސް އާއި އޭނަ އަބަދު ވެސް ދެ ރަހުމަތްރެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ. ނަމަވެސް ކައިވެނި ރޫޅައިކަން ނިންމި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ

ކުރިން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުއްވި މާކަސް އަކީ ވިޔަފާވެރިއެކެވެ. އޭނަ އާއި މާރިން އަށް ލިބިވަޑައިގަތް ދަރިފުޅު އެމާ އެމީލިއާ މާރިން އަށް މިހާރު 4 އަހަރެވެ.

ފިންލޭންޑްގެ ބޮޑުވަޒީރު ކަމަށް މާރިން، 37، ވަޑައިގެންނެވީ 2019 ގަ އެވެ. އޭގެ ކުރިން އޭނަ މިނިސްޓަރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ. މާރިން އަކީ ފިންލޭންޑްގެ 46 ވަނަ ބޮޑުވަޒީރެވެ.