Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މިނިސްޓަރު ޝާހިދު ހަންގޭރީއަށް ވަޑައިގެންފި

އަބްދުﷲ ޝާހިދު- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ހަންގޭރީއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯއާ ބައްދަލުކުރައްވާނެކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ޝާހިދު ހަންގޭރީގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރައްވާފައެވެ. އަދި މިދަތުރުގައި ދެގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެސްވެއެވެ.