އެކްޓަރު ބޮބީ ޑިއޯލްގެ ވަރުގަދަ ހަށިގަނޑު ދައްކުވައިދޭ ފޮޓޯތަކެއް ދަރިފުޅު ދަރަމް ޑިއޯލް ލައްވައި ނަގުވައި އިންސްޓަގްރާމްގައި ޕޯސްޓްކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މި ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކުރަމުން އަންނަ އިރު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވެސް ދަރަމް، 18، ގެ ފޮޓޯ ނެގުމުގެ ހުނަރުގެ އިތުރަށް ބޮބީގެ ހަށިގަނޑަށް ތައުރީފުކޮށްފައިވެ އެވެ. ނުވަދިހައިގެ ތެރޭގައި ބޮލީވުޑްގައި ވިދި 54 އަހަރުގެ އެކްޓަރު ހަށިގަނޑު ވަރުގަދަކުރަން ފެށީ 2018 ގައި ރިލީޒްކުރި "ރޭސް 3" ކުޅުމަށެވެ. އެއީ އޭގެ ލީޑް އެކްޓަރު ސަލްމާން ޚާންގެ އެދުމުގެ މަތިންނެވެ.
އޭގެ ފަހުން ބޮބީ އަންނަނީ ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ. އޭނަގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެއީ މިހާރު ބޮޑެތިވެފައިވާ އަރިއަމަން ޑިއޯލް އާއި ދަރަމް ޑިއޯލް އެވެ. މި ދެ ކުދިންގެ ތެރެއިން ހަގީ ދަރަމް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަރިއަމަން، 22، ވަރަށް އަވަހަށް ބޮލީވުޑަށް ވެސް ނުކުންނާނެ އެވެ. އެފަދަ ވާހަކަތަކެއް މި ފަހުން ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.