Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރައީސް ސޯލިހަކީ ނޭފަތު ކުރިއަށް ވިސްނާ ވެރިއެއް

މެންބަރު މުހައްމަދު ސައީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަދަ ނޭފަތު ކުރިއަށް ވިސްނާ ވެރިން ލިބުމަކީ ލައިބިލިޓީއެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ފަޅުހިއްކުމަށް ނިންމާފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅުހިއްކައިފިނަމަ އެކަމުގެ އަސަރު ހުޅުލެއަށް ކުރާނެ ކަމަށެވެ.

ސައީދު ވިދާޅުވީ 7 މިލިއަން ޓްއަރިސްޓް އެރައިވަލްއަށް ވިޝަންއެއް އުފަންކުރީ ދުރުވިސްނުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"ރައީސް ސޯލިހުފަދަ ނޭފަތު ކުރިއަށް ވިސްނާ ވެރިންލިބުމަކީ ލައިބިލިޓީ އަކަށްވަނީ މިހެންވެ." ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސަައީދު ވިދާޅުވީ ހުޅުމާލޭފަޅު ހިއްކުން ތިމާވެށީގެ މިނިސްޓްރީން ހުއްޓަންޖެހޭނެ ކަމަށެވެ.

ހުޅުމާލޭގެ ފަޅުހިއްކުމަށް ނިންމާފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެކަމާ ގުޅިގެން މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިއްކަން އުޅޭކަމަށް އަޑުފެތުރިފައިވާ ހުޅުމާލޭ ފަޅުގެ އިހްތިސޯސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށާއި އެ ފަޅުގެ އިހްތިސޯސް އާބަންކޯއަށް ނެތް ކަމަށެވެ.