Last Updated: July 26, 11:16
Sunday, July 26, 2026
މުނިފޫހިފިލުވުން

މިހާރު ޝަކީރާ އާއި ކްރޫޒްގެ ވާހަކަ

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒާއި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ މިހާރު އުޅެނީ ރައްޓެހިވެގެންނޭ ބުނެފި ނަމަ ގަބޫލުކުރެވޭނެ ހެއްޔެވެ؟ ފަހަރުގައި ގަބޫލުކުރަން ދަތިވެދާނެ އެވެެ.

އެކަމަކު މީޑިއާތަކުގައި މި ދެ މީހުންގެ ގުޅުމުގެ ވާހަކަ ވަރަށް ހޫނުކޮށް އަންނަނީ ދެކެވެމުންނެވެ. މި ވާހަކައެއް ހިލުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާގެ މަޔާމީގައި ފެށި ފޯމިއުލާ 1 ގްރޭންޑް ޕްރިކްސްގެ ތެރެއިން ކްރޫޒާއި ޝަކީރާ އެކީގައި ފެނި، ކެމެރާތަކުގެ ލެންސްތަކަށް ވެސް އެ މަންޒަރު އަރައި، މީޑިއާތަކުގައި ފަލަ ސުރުހީތަކުގައި އެ ވާހަކަ ލިޔެވެން ފެށުމާ އެކީގަ އެވެ.

ހަގީގަތުގައި ވީ ގޮތަކީ އިއްތިފާގަކުން އެ ދެ މީހުން ބައްދަލުވެ، އެކީގައި ފޮޓޯތަކަށް އެރީ އެވެ. އިތުރު މާ ބޮޑު ކަމެއް އަސްލަކު ނެރެވެ. ނަމަވެސް މީޑިއާތަކުގައި މި ވާހަކަ މާ ބޮޑުކޮށްލީ އެވެ. އެގޮތުން ޝަކީރާ އާއި ކްރޫޒާ ދެމެދު ލޯބީގެ ގުޅުމެއް ފެށުނު ވާހަކަ އާއި އެކަމަށް ވަކިން ބޮޑަށް ކްރޫޒް ބޭނުންވެފައި ހުރި ކަމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.

މީގައި ހަގީގަތު މައްސަލައެއް ވެސް ނެތެވެ. ކްރޫޒާއި ޝަކީރާ އަކީ ހުސްކޮށް ތިބި ދެ މީހުންނެވެ. ޝަކީރާއި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭގެ 11 އަހަރުވީ ގުޅުން މިދިޔަ އަހަރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެ ދެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.

ޝަކީރާ، 45، އާ ވަކިވުމަށް ފަހު ޕީކޭ ވަނީ އާ ލޯބިވެރިޔަކު ވެސް ހޯދައިފަ އެވެ. އެކަމަކު ޕީކޭއާ ވަކިވި ފަހުން ޝަކީރާއާ ބެހޭ ގޮތުން ލޯބީގެ ގުޅުމެއްގެ ވާހަކައެއް ފަހަކުން ނުދެކެވެ އެވެ. އެހެންވެ ކްރޫޒާ އެކީ އޭނަ ފެނުމުން "ކަމެއް އުޅެނީއޭ" ބަޔަކަށް ހަމަހީވެދާނެ އެވެ.

ކްރޫޒް، 60، މީގެ ކުރިން ތިން ކައިވެންޏެއްކޮށް، ތިން ދަރިން ވެސް ލިބިފައިވެ އެވެ. އޭނަ ކައިވެނިކުރީ ބަތަލާއިން ކަމަށްވާ ނިކޯލް ކިޑްމަން އާއި ކޭޓީ ހޯމްސްގެ އިތުރުން މިމީ ރޮޖާސް އެވެ. އެކި ދުވަސްވަރު އެކި ފަހަރުމަތިން އެކި މީހުންނާ ކްރޫޒްއާ އަޅުވާ ކިޔާފައިވެ އެވެ.

އަދި މިހާރު ޝަކީރާއާ އަޅުވާތީ އެކަން ޖޯކަކަށްވެގެން ޝަކީރާ އުޅޭ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.