ކުންފުނީގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ މިދިޔަ އަހަރު ކަމަށް އެމްޓީސީން ބުނެފި އެވެ.
މީގެ 42 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދޔަ އަހަރު އަހަރު ޖުމުލަ 2.47 ބިލިއަން ރުފިޔާ ލިބުނު އިރު، ވިޔަފާރިކޮށްގެން 324.16 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. =.
މިދިޔަ އަގަރު އެމްޓީސީސީން ހާސިލުކުރި މާލީ ނަތީޖާއާ އެކީ 5ރ. ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 4ރ. ގެ މަގުން ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމައފިފަ އެވެ. މިއީ ކުންފުނީގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު އަދަދެވެ.
މިދިޔަ އަހަރު ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާ އިރު، ޢުމްރާނީ ތަރައްގީގެ އާ 65 މަޝްރޫޢުއަކާއި ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވެ އެވެ.
އެމްޓީސީސީން ބުނީ މިދިޔަ އަހަރަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް އެކު ންފުނިން އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނައި އަހަރެއް ކަމަށެވެ. އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލް) ގެ ނަމުގައި އެކި ހިސާބުތަކުގައި ފެރީ އާއި ބަސް ދަތުރުގެ ހިދުމަތް ފެށީ އެވެ.
މީގެ އިތުރުން މިދިޔަ އަހަރަކީ ކުންފުނީގެ ތާރީޚުގައި އިޖުތިމާޢީ ޒިންމާގެ ދަށުން ވެސް ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވުނު އަހަރެއް ކަމަށް އެމްޓީސީން ބުންޏެވެ.އެގޮތުން ކުންފުނީގެ މަޝްރޫޢުތައް ހިނގަމުން އަންނަ ރަށްތަކުގައި އިޖުތިމާއީ ޒިންމާގެ ދަށުން 420 ހަރަކާތެއް ހިންގައި، އެކަމަށް 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށް ދީފައިވެ އެވެ.