Last Updated: July 26, 11:16
Sunday, July 26, 2026
މުނިފޫހިފިލުވުން

"ބަޅޭ އައްޗޭ 2" ގެ ފަހު އެޕިސޯޑް 24 ގައި

ސޮނީ ޓީވީން ގެނެސްދެމުން އަންނަ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ދޭއް ނިންމައިލަން ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ސިލްސިލާ އަށް ނިމުން ގެންނަން އުޅޭ ވާހަކަ މީޑިއާތަކުގައި މި ދުވަސްކޮޅު ވަރަށް ބޮޑަށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން ސޮނީން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު "ބަޅޭ އައްޗޭ ލަގުތޭ ހޭ 2" ގެ ކާސްޓްގައި ހިމެނޭ ބައެއް ތަރިން މީޑިއާތަކަށް ދިން އިންޓަވިއުތަކެއްގައި ސިލްސިލާ ނިންމައިލަން އުޅޭކަމުގެ އިޝާރާތްތަކެއް ދީފައިވެ އެވެ.

މި ސިލްސިލާ އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ސޮނީން 2011-2014 އަށް އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދިން "ބަޅޭ އައްޗޭ ލަގުތޭ ހޭ"ގެ ދެވަނަ ސީޒަނެވެ. އޭގައި ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރެވެ.

މީގެ ދެވަނަ ސީޒަން ތަފާތު ކާސްޓަކާ ދައްކަން ފެށީ 2021 ގެ އޮގަސްޓްގަ އެވެ. އަދި ސިލްސިލާ ފެށި އިރު ލީޑް ރޯލު ކުޅެމުން އައި ޑިޝާ ޕަރްމަރާއި ނަކުލް ސިލްސިލާ އިން މިދިޔަ އަހަރު ވަކިވުމުން އޭގައި މިހާރު ލީޑް ކުޅެނީ ޒުވާން ދެ ތަރިން ކަމަށްވާ ނިތީ ޓޭލާ އާއި ސަންދީޕް ރާއީ އެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" ނިންމާލުމަށް ފަހި ނަކުލް އާއި ޑިޝާ ހިމެނޭ އާ ސިލްސިލާއެއް ސޮނީން ގެނެސްދޭން އުޅޭ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އެފަދަ އިޝާރާތެއް އަދިއެއް ނެތެވެ.

ސޮނީން މި ފަހުން އަލަށް ފެށި ސިލްސިލާތަކުގެ ތެރޭގައި "ސަޕްނޯން ކީ ޗަލާންގް" އާއި "ހަމް ރަހޭ ނާ ރަހޭ ހަމް" ގެ އިތުރުން "ކާތާ އަންކަހީ" ހިމެނެ އެވެ.