ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާގެ ހަޔާތް ދައްކުވައިދޭ ޑޮކިއުމަންޓަރީއެއް އަންނަ މަހު ނެޓްފްލިކްސް އަށް ގެންނަން ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
އަންނަ މަހުގެ 7 ގައި ތިން ބަޔަކަށް ގެނެސްދޭ ޑޮކިއުމަންޓަރީގެ ނަމަކީ "އާނޯލްޑް" އެވެ. މީގައި އޭނަގެ އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތައް ވެސް ދައްކުވައި ދޭނެ އެވެ. ވަރުގަދަ ހަށިގަނޑަކާ އެކީ ހޮލީވުޑަށް ނުކުމެ އެކްޝަން ހީރޯއެއްގެ ގޮތުގައި ބޮޑު މަޝްހޫރު ކަމެއް ހޯދިި އަދި "ޓާމިނޭޓާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު އާނޯލްޑަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ އެކްޓަރެކެވެ.
އުމުރުން މިހާރު 75 އަހަރުގެ އާނޯލްޑަކީ އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އެއީ 2003-2011 އަށެވެ. އޮސްޓްރޭލިއާ އަށް އުފަން އެކަމަކު އެމެރިކާގެ ރައްވެއްސަކަށްވެފައިވާ އާނޯލްޑަކީ ފަސް ކުދިންގެ ބައްޕައެކެވެ. އަދި އޭނަ އަށް ކާފަ ކިޔާ ދަރިން ވެސް އެބަތިއްބެވެ.
ހޮލީވުޑްގެ މިހާރުގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ކްރިސް ޕްރެޓް ވެސް ކައިވެނިކޮށްގެން އުޅެނީ އާނޯލްޑްގެ ދަރިއަކާ އެވެ.
މިހާތަނަށް 40 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އާނޯލްޑްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ޓާމިނޭޓާ: ޑާކް ފޭޓް" އެވެ. އޭނަެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ 2015 ގެ "ކުންގް ފިއުރީ" ގެ ސީކްއެލް އެވެ.