Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

"ކޮފީ ބެންޑް" ފިރާގަށް ހަމަލާދީ ޒަހަމްކޮށްލައިފި

ރޭ މަރަދޫފޭދޫގައި ހިނގި މާރާމާރީއެއްގައި ކޮފީ ބެންޑް ފިރާގް ޒަހަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލަކުން އައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ފިރާގްގެ ކޮޑަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މަރަދޫފޭދޫގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 11:50 އެހާކަށްހާ އިރު އެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ބޮޑުމަގުން ސައިކަލްގައި ދިޔަ ބަޔަކު މީހެއްގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އައްޑޫގައި ގްރޫޕް މާރާމާރީ މިދުވަސްކޮޅު އިތުރުވެފައިވާއިރު މުޅި ރާއްޖޭގައިވެސް ގޭންގު މާރާމާރީގެ ނުރައްކާ މިވަނީ ބޮޑުވެފައެވެ.