Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ކަފާލާތާ އެކީ އިމްރާން ދޫކޮށްލައިފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލަން އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަފާލާތުގެ ދަށުން ދެ ހަފުތާގެ މުއްދަތަށް އޭނަ މިއަދު ދޫކޮށްލައިފި އެވެ.

އިމްރާން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުގެ ކޯޓަކަށް ހާޒިރުވުމު ނޭޝަނަލް އެންޓި އެކައުންޠަލިބިލިޓީ ބިއުރޯ (އެންއޭބީ) އިންނެވެ. އޭނަ ހައްޔަރުކުރީ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު 239 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އިމްރާން އިއްހޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އިމްރާންގެ ގާނޫނީ ވަކީލުން އެދުނު ގޮތަށް ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އިމްރާން ވަގުތުން މިނިވަން ކުރަން ވެސް އަމުރުކުރި އެވެ.

ދޫކޮށްލުމާ ގުޅިގެން އިމްރާން ވިދާޅުވީ އޭނަ އަލުން އަނެއްކާ ވެސް ހައްޔަރުކުރާނެ ކަމަށެވެ.

"ސަތޭކަ ޕަސެންޓް ޔަގީން އަދިވެސް އަހަރެން ހައްޔަރުކުރާނެ." ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިދިޔަ އަހަރުގެ ކުރީކޮޅު މަގާމުން ދުރުކުރި އިމްރާން ވިދާޅުވި އެވެ.

އޭނަ ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާންގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ކުރިމަތިލުންތަކެއް ހިނގައި ބަޔަކު މަރު ވެސް ވެފައިވެ އެވެ.