އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ޑާކާގައި ރޭ ފެށި ހަ ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީ ބަދަލުތައް އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމަށް ވެސް ނު ވިދާޅުވިއެވެ.
މި ފަހަރުގެ ކޮންފަރެންސްގެ ޝިޢާރަކަށް ކަނޑައަޅާފައި ވަނީ، "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިޝިޢާރެވެ.
— The President's Office (@presidencymv) May 12, 2023
ފައިސަލް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ވިސްނާ ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާއި އިންސާނީ ވަގުފާރި އާއި ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރަ އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެ ކަނަށް ވިދާޅުވި އެވެ.
Vice President @faisalnasym delivered remarks at the 6th Indian Ocean Conference 2023 in Dhaka, Bangladesh, today. The conference is themed "Peace, Prosperity, and Partnership for a Resilient Future" and aims to chart the roadmap for strengthening the Indian Ocean Region. pic.twitter.com/OR0mkrTzBz
— The President's Office (@presidencymv) May 12, 2023
ފައިސަލް ވިދާޅުވީ އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދު ކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރީގެ ހަބް ކަމަށެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.