ހުޅުމާލޭގައި ޕިކަޕަކާއި ކާރެއް ޖެހިގެން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނާ ރޭ މަރުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ހދ. ނެއްލައިދޫ ވަޒަން އަހުމަދު ޒައިން، 20، އެވެ. އޭނަގެ ޖަނާޒާ މިއަދުގެ ފަތިސް ނަމާދަށް ފަހު އާ ސަހަރާގައި ވަނީ ބާއްވައިފަ އެވެ.
އެކްސިޑެންޓްގައި ޒައިންގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ފިރިހެނަކު މަރުވެފައިވެ އެވެ.