Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

އޭއީއެޗުން މި ފަހަރު ވެސް ނަރުހުންނަށް ލަވައެއް

މި އަހަރުގެ ނަރުހުންގެ ދުވަހާ ގުޅުވައިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަރުންނަށް ހާއްސަ ލަވައެއް ނެރެފި އެވެ.

"ފަހުރެކޭ" ގެ ނަމުގައި އާންމުކޮށްފައިވާ ލަވައިގައި ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުންގެ މަސައްކަތުގެ އެކި މަންޒަރުތައް ހިމަނާފައިވެ އެވެ. މި ލަވައިގެ ޅެން ހަތިފުށީ ޝާކިރު ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ޓީވީއެމްގެ "މޯލްޑިވިއަން އައިޑޮލް" ގައި ވާދަކޮށްފައިވާ އައްޑޫގެ ލަވަކިޔުންތެރިއެއް ކަމަށްވާ ހަސަން ޝަހުދާނެވެ.

މި އަހަރުގެ ނަރުހުންގެ ދުވަހާ ގުޅުވައިގެން އޭއީއެޗުން ނަރުހުންނަށް ހާއްސަ ލަވައެއް ނެރުނު އިރު، މިދިޔަ އަހަރު ވެސް ނަރުހުންގެ ފަރާތުން ވީޑިއޯ ލަވައެއް ނެރުނެވެ. އެ ލަވައިގެ އަޒުމަކީ "ނަރުހުންގެ އަޒުމް" އެވެ.