Last Updated: July 26, 11:16
Sunday, July 26, 2026
މުނިފޫހިފިލުވުން

އަނޫރާގްގެ "ކެނެޑީ" ގެ ޓީޒާއެއް

އަބަދު ވެސް ވަރަށް ތަފާތު ސްޓައިލްތަކުގެ މޮޅެތި ފިލްމުތަކެއް ގެނެސްދޭ ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ އާ ފިލްމު "ކެނެޑީ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި މަހު ބާއްވާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރަން ފުރުސަތު ލިބިފައިވާ މި ފިލްމަކީ ވަރަށް ތަފާތު ސްޓައިލަތަކަށް ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.

"ކެނެޑީ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ ރާހުލް ބަޓެވެ. ގިނަ ބަޔަކަށް އޭނަ އެންމެ ބޮޑަށް އެނގޭނީ މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން 1998-2003 އަށް ގެނެސްދިން ސިލްސިލާ "ހީނާ" ގައި ކުޅުނު ސަމީރުގެ ކެރެކްޓާއިންނެވެ. ރާހުލް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި އަނޫރާގްގެ "ދުބާރާ" އާއި "އަގްލީ" ގެ އިތުރުން "ފިތޫރު" އާއި "ދާސް ދޭވް" ހިމެނެ އެވެ.

"ކެނެޑީ" ގެ ކާސްޓްގައި ސަނީ ލިއޯން ވެސް ހިމެނެ އެވެ.