Last Updated: June 20, 06:19
Saturday, June 20, 2026
ޚަބަރު

"ސިޔާސީ ލީޑަރުން" އުފައްދަން ވޯކްޝޮޕެއް

"ސިޔާސީ ލީޑަރުން" އުފައްދަން މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މިއަދު ވޯކްޝޮޕެއް ބާއްވައިފި އެވެ.

"ޕޮލިޓިކަލް އެކްޓިވިޒަމް އެންޑް ލީޑަޝިޕް ވޯކްޝޮޕް" ގެ ނަމުގައި މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ޝީ ބިލްޑިންގުގައ ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބޭނުމަކީ ތަމްރީނާއި ތަރައްގީގެ ތެރެއިން ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން އުފެއްދުން ކަމަށް އެމްޓީޑީން ބުންޏެވެ.

އެ ޕާޓީން ބުނީ "ސޔާސީ ލީޑަރުން" އުފައްދަން ބާއްވާ ވޯކްޝިޕްތައް ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މީގެ ސަބަބުން ސިޔާސީ ދާއިރާ އަށް ނުކުންނަން ބޭނުންވާ ގާބިލު ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވާނެ ކަމަށެވެ.

އެމްޓީޑީސީ އަކީ ރާއްޖޭގެ ކުރީގެ ނައީބު ރައީސް އަހުމަދު އަދީބު ނިސްބަތްވާ ޕާޓީ އެވެ.