ޗެލްސީގެ ކޯޗުކަމުގެ މަގާމާއި ހަވާލުވާން ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ތައްޔާރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށް ޕޮޗެޓީނޯ މިހާރު ވަނީ އެއްބަސްވެފަ އެވެ. ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު އޭނާ ޗެލްސީގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވާނީ މި ސީޒަނަށްފަހު އެވެ.
ޗެލްސީގެ ކޯޗުކަން ވަގުތީ ގޮތުން މި ސީޒަނުގެ ނިޔަލަށް ކުރާނީ އެ މަގާމުގައި މިވަގުތު ހުރި ފްރޭންކް ލަމްޕާޑް އެވެ. ލަމްޕާޑަކީ މި ސީޒަނުގައި ޗެލްސީ އަށް އިރުޝާދުދޭ ހަތަރުވަނަ ކޯޗެވެ.
އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯ ވަނީ މީގެކުރިން ޕްރިމިއާ ލީގުގެ ކްލަބްތައް ކަމަށްވާ ސައުތެމްޓަން އަދި ޓޮޓެންހަމަށް ކޯޗުކޮށްދީފަ އެވެ.
ބޮޑު ހަރަދެއްކޮށްގެން މި ސީޒަނާއި ކުރިމަތިލި ޗެލްސީ އަށް މި ސީޒަނަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ދަށްކޮށް ދިޔަ ސީޒަނެވެ. ލީގުގައި ބާކީ ތިން މެޗު އޮތްއިރު ޗެލްސީ އޮތީ 11 ވަނައިގަ އެވެ.
ލީގުގެ ފަހު ތިން މެޗުގައި ޗެލްސީ ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑް އާއި މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑާ އެވެ.