އިނގިރޭސިވިލާތުގެ ތަހުތަށް ޗާލްސް ތިނެއް ރަސްމީކޮށް ވެޑެވުމަށް މިދިޔަ ހަފުތާގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ވަޑައިގެންނެވި ޕަޕްއާ ނިއު ގިނީގެ ފޮރިން މިނިސްޓަރު ޖަސްޓިން ތެޖެންކޯ ކުރެއްވި ދަތުރު "ލަގްޒީކަމުން" އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުވާ ދެއްވީ އެ ދަތުރުގައި ސަރުކާރުގެ އޮފިޝަލުންނާ އެކީ ދަރިކަނބަލުން ސަވާނާ ވެސް ބައިވެރިވެވައިގަތް އިރު، އެ ބޭފުޅުން ފަސްޓް ކުލާހުގައި ކުރެއްވި ދަރުތުރާއި ލަންޑަނަށް ދިޔަ މަގުމަތީގައި ސިންގަޕޫރްގައި ޓްރާންސިޓްކުރުމުން އެ ގައުމުގައި ބާޒާރުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޓިކްޓޮކްގައިި އާންމުކުރުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
އެ ވީޑިއޯތައް ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.
ޗާލްސް ތަހުތަށް ރެދަލިކުރެއްވި ރަސްމިއްޔާތަށް ކޮމަންވެލްތުގެ ހުރިހާ ގައުމަކުން ވެސް މަންދޫބުން ދިޔަ އިރު، ޕަޕްއާ ނިއު ގިނީގެ ވަފުދުގައި 20 ބޭފުޅަކު ހިމެނެ އެވެ. އަދި އެ ދަތުރަށް ސަރުކާރުން 900،000 ޑޮލަރު ހޭދަކުރި އެވެ.

މި ދަތުރުގެ "ލަގްޒަރީވެފައި، ކަމާ ގުޅުން ނެތް ކަންތައްތަކެއް" މިނިސްޓަރުގެ ދަރިކަނބަކުން އާންމުކުރި ވީޑިއިއޯ އިން ހާމަވުމުން ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރު ވަނީ އޭނަ އަށް ފާޑު ށްކީ މީހުންނަށް "ޖަނަވާރުންނަށް" ވެސް ގޮވައިފަ އެވެ. އަދި އެކަމާ ގުޅިގެން އޭނަ އަށް އެތައް ބަޔަކު މިނިސްޓަރަށް ބަހުގެ ހަމަލާތައް ފޮނުވައި އޭނައާ ދެކޮޅަށް މަގުތަކަށް ނުކުމެ އިސްތިއުފާ ދޭން ވެސް ގޮވާފައިވެ އެވެ.
އެހެންވެ ޕްރެޝަރުތަމާ ހެދި މައާފަށް ވެސް އެދިވޑައިގެން މިނިސްޓަރު ޖަސްޓިން މަގާމުން އިސްތިއުފާ ދެއްވީ ހުކުރު ދުވަހު އެވެ. އޭނަ ވިދާޅުވީ އެގޮތަށް ނިންމެވީ ބޮޑުވަޒީރު ޖޭމްސް މަރާޕޭއާ ވެސް މަޝްވަރާކުރެއްވުމަށް ފަހު ކަމަޑެވެ.