Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

މިހާރު އަމާޒަކީ 1.9 މިލިއަން ޓޫރިސްޓުން

އަހަރު ފެށުނު އިރު އަމާޒަކީ ރާއްޖެ އަށް މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިޔަސް މިހާރު އެ އަމާޒު 1.9 މިލިއަނަށް އިތުރުކޮށްފި އެވެ.

އެ އަދަދަށް ރާއްޖެ އަށް މިހާރު ޓޫރިސްޓުން އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށް ބުނީ މި އަހަރު މަދުވެގެން 1.9 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 10 އާ ހަމައަށް ރާއްޖެ އަށް 36،625 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލަކު 5،821.4 ޓޫރިސްޓުން އާދެ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމަކީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަން، ޗައިނާ، އެމެރިކާ، ފްރާންސް ސްވިޓްޒަލޭންޑް އަދި ދެކުނު ކޮރެއާ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.