މ. މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، މ. މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 14 މެއި 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 38800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 54093 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 18578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުމާއި، 111471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 600 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 122 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މ. މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 48.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.