އައްޑޫ މަރަދޫފޭދޫގައި ބިލިއާޑް ރޫމެއް ހަދަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިލިއާޑް ރޫމް ހަދަން ނިންމާފައި ވަނީ މަރަދޫފޭދޫ ޔޫތު ސެންޓަރުގައި ކަމަށެވެ. އަމިއްލަ ތަކެތީގައި އެތަން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ.
ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި އެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 18 އާ ހަމައަށް ކަމަށެވެ. ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
މަރަދޫފޭދޫގައި ބިލިއާޑް ރޫމެއް ހެދުމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ. އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކުގެ ބީލަންތައް ބަލައެއް ނުގަންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މަރަދޫފޭދޫ ޔޫތު ސެންޓަރަކީ މިހާރު ވެސް އިންޑޯގައި ތަފާތު ކުޅިވަރު ކުޅެވޭ ތަނެކެވެ. އޭގެ ތެރޭގައި ބެޑްމިންޓަނާއި ވޮލީ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.